Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސް ބޯޓެއް މިއަދު ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓް ގާޑް ޝިޕް ހުރަވީ ކުރަމުން ދިޔަ ޕެޓްރޯލް ދަތުރެއްގައި މ އަދި ވ އަތޮޅާ ދިމާލުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ 5 މަސް ބޯޓެއްް ފެނިގެން އެ ބޯޓުތައް ކޯސްޓް ގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާނެކަމަށެވެ.

ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement
HDC — Sidebar (box)

އެމްއެންޑީއެފުން ބުނީ މި ބޯޓުތައް ކޯސްޓް ގާޑް ހުރަވީ ބެލުމުގެ ދަށުން މާލެ ގެނައުމަށް ދަތުރު ކުރަމުން އަންނަ ކަމަށާއި އެ ބޯޓުތަކަށް މާލެ އާދެވޭނެކަމަށް ލަފާކުރެވެނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މި ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެންނެވެ. މި މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް