Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރި މާބަނޑު ޑޮކްޓަރެއް މަރުވީ ބަނޑަށް ފަސް މަހުގައި

ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރި މާބަނޑު ޑޮކްޓަރެއް މަރުވީ ބަނޑަށް ފަސް މަހުގައި

އިންޑިއާގެ ކެރެލާގައި މަސައްކަތްކުރާ ޑޮކްޓަރަކު ކޮވިޑް-19އަށް ފައްސިވެ އެ ބަލީގައި މަރުވެއްޖެއެވެ.

މާހާ ބަޝީރު ނަމަކަށް ކިޔާ މި ޑޮކްޓަރު މަރުވީ ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ އާއިލާއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ މަރުވި އިރު އުމުރަކީ 25 އަހަރެވެ. އަދި މަރުވި އިރު އޭނާގެ ބަނޑަށް ފަސް މަސް ކަމަށާއި ދަރިފުޅު ސަލާމަތް ކުރަން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވި ކަމަށެވެ.

މާހާގެ ފިރިމީހާ އަކީ ވެސް ޑޮކްޓަރެކެވެ. މި ދެމީހުން ދިމާވީ ކިޔަވަން އުޅުނު ދުވަސްވަރުއެވެ. މާހާ ކޮވިޑަށް ފައްސިވުމުން ބަޝީރު ވެސް ޓެސްޓު ކުރިއެވެ. އޭނާގެ ނަތީޖާ ނައްސިއެވެ. އެހެން ނަމަވެސް ނޭވާލާން އުނދަގޫތަކެއް ވާތީ އޭނާ ވަނީ ފަރުވާ ހޯދާފައެވެ.

Advertisement
Allied — Dhen Online (box)

މަގަތު ސަފުގައި މަސައްކަތް ކުރާ ކެރެލާ އަންހެނަކު މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް