Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ކުޅިވަރު

ބައިނަލްއަގްވާމީ ފެންވަރުގެ ބިލިއަރޑް ފެސިލިޓީއެއް ރާއްޖޭގައި

ބައިނަލްއަގްވާމީ ފެންވަރުގެ ބިލިއަރޑް ފެސިލިޓީއެއް ރާއްޖޭގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގެ ބިލިއަރޑް ފެސިލިޓީއެއް ހުޅުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، މި ފެސިލިޓީ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއިލްއެވެ. މި ފެސިލިޓީ ހުޅުވުމަށް ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަރވަމަންޓް އަހްމަދު މަހްލޫފާއި، މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަންގެ އިސްވެރިންނާއި، ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންގެ އިތުރުން ނޭޝަނަލް ބިލިއަރޑް ޓީމުގެ ކުޅުންތެރިން ބައިވެރިވިއެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ހަތް ފަހަރު ޖާގަ ހޯދާފައިވާ އަދި ދުނިޔޭގެ ޓްރިކްޝޮޓް ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްލޯރިއަން ކޯލަރގެ ހަރަކާތްތައް ވެސް މި ރަސްމިއްޔާތުގައި ފެނިގެންދިޔައެވެ. އަދި އޭނާ ވަނީ މި ފެސިލިޓީއަކީ އެމެރިކާގެ ފެސިލިޓީތަކާ އެއް ފެންވަރުގެ ފެސިލިޓީއެއްކަން ވެސް ފާހަގަ ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓް އަދި ބުކިންގ އެޕްލިކޭޝަން ވެސް ވަނީ ލޯންޗްކޮށްފައި ވާއިރު، މި ވެބްސައިޓް އަދި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ޔޫތު މިނިސްޓަރ މަހްލޫފްއެވެ. މި އެޕްލިކޭޝަންގެ އެހީއާއެކު ކޮންމެ ތަނެއްގައި ހުރި ނަމަވެސް މޭޒު ބުކް ކޮށްލެވޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް