ޚަބަރު

މާފުށިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 300 އިން މައްޗަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
މާފުށި ފްލޫ ކްލިނިކް އިން ހިދުމަތް ހޯދުމަށް ފަތުރުވެރިންތަކެއް ކިއޫގައި ފޮޓޯ: ޓުވީޓަރ

ކ. މާފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 309އަށް އަރައިފިއެވެ.

Ads by MWSC

ނިމިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ދުވަހުން ފެށިގެން އެރަށް ވަނީ މޮނިޓަރިންއަށް ލެވިފައެވެ.

ކޮންޓެކްޓް ޓްރޭސިން ހަދައި އެ ކަމާ ގުޅިގެން އެރަށުގެ ގިނަ އަދަދެއްގެ ގެތަކެއް ވަނީ ކަރަންޓީނަށް ލައިފައެވެ.

އެ ރަށުން މިހާތަނަށް 1،200 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގިފައެވެ. އަދި އޭގެ ތެރެއިން 309 މީހަކު ފައްސިވެފައިވާ އިރު، 100 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބެއެވެ.

މިވަގުތު އެރަށުގައި އެނދުމަތި ކޮށްގެން ފަރުވާ ހޯދާ މީހަކު ނެތެވެ. ހާލަތު ގޯސް ވެގެން އަދި މިހާތަނަށް އެއްވެސް މީހަކު ރިޕޯޓު ކޮށްފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ކޮވިޑަށް ފައްސިވި ހައިރިސްކުގެ ހަތް މީހަކު މިހާރު ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!