Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާވަށު ކައުންސިލް ރައީސަކަށް އަނެއްކާ ވެސް ޕީޕީއެމްގެ އަޙުމަދު މޫސާ!

މާވަށު ކައުންސިލް ރައީސަކަށް އަނެއްކާ ވެސް ޕީޕީއެމްގެ އަޙުމަދު މޫސާ!

ލ.މާވަށު ކައުންސިލްގެ ރައީސަކަށް މިހާރު ވެސް އެ މަގާމުގައި ހުރި ޕީޕީއެމްގެ އަޙުމަދު މޫސާ އިންތިޚާބު ވެއްޖެއެވެ.

މިއަދު އޮތް އިންތިޚާބުގައި އަހުމަދު މޫސާ ކުރި ހޯދީ 26 ވޯޓްގެ ތަފާތަކުންނެވެ. އަހުމަދު މޫސާއާ ވާދަ ކުރީ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް ޢަބްދުއްރަޙުމާނެވެ،

މިއަދު އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މާވަށު ކައުންސިލްގެ ދެ ގޮނޑިއެއްގެ އިންތިޚާބު ބާއްވައިފައި ވެއެވެ. އެއީ ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުން ނަތީޖާ ކަނޑައެޅުމަށް ޓަކައި ވޯޓްލާން ޖެހުނު ކައުންސިލްގެ އާންމު މެމްބަރެއްގެ ގޮނޑިއާއި ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ. ކައުންސިލްގެ ރައީސްކަމަށް އަލުން ވޯޓްލާން ޖެހުނީ މާވަށު ނޫން ރައްޔިތެއް މާވަށު ކައުންސިލަށް ވޯޓްލައިފައިވާ މައްސަލައެއް ކުރިމަތިވުމުންނެވެ.

Advertisement
Ooredoo — Square (box)

10 އޭޕްރީލް 2021 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި މި ދެ ކެނޑިޑޭޓުންގެ މެދުގައި ފަރަގުވީ އެންމެ ވޯޓެކެވެ. އެހެންކަމުން ނަތީޖާއަށް އަސަރު ފޯރައިފާނެ ފަދަ ކަމެއް ހިނގައިފައިވުމާއެކު އިލެކްޝަންސް ކޮމިޝަނުން ނިންމެވީ މާވަށު ކައުންސިލް ރައީސްކަމަށް ވެސް އަލުން ވޯޓް ނަގާށެވެ.

މާވަށު ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ދެ ގޮނޑިއަށް ހޮވުނީ ޕީޕީއެމްގެ ހައްވާ އާތިކާ ޢަލީ އާއި އާމިނަތު އަމްސޫދާއެވެ. އަދި ކައުންސިލްގެ އާންމު މެމްބަރުކަމަށް ޕީޕީއެމްގެ ސަލްމާން ޢަބްދުއްރަޙުމާން ވެސް ހޮވިފައި ވެއެވެ.

ކައުންސިލްގެ އާންމު މެމްބަރުގެ އެއް ގޮނޑީގެ ނަތީޖާ މިހާރު ދަނީ ގުނަމުންނެވެ.

މިއަދު އޮތް ، އިންތިޚާބުގެ ދެވަނަ ބުރުގައި ހަ ރަށެއްގެ ކައުންސިލްގެ އެކި ގޮނޑިތަކަށް ވޯޓްލައިފައި ވެއެވެ. އެއީ ހއ.ތަކަންދުއާއި ބ.ކިހާދޫ އަދި މ.ރަތްމަންދޫގެ އިތުރުން ފ.ދަރަނބޫދޫއާއި ލ.މާވަށާއި ތ.ގާދިއްފުއްޓެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް