Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާވަށުގެ 100 އިންސައްތަ ޕީޕީއެމްއަށް! 

މާވަށުގެ 100 އިންސައްތަ ޕީޕީއެމްއަށް! 

ލ.މާވަށުގައި މިއަދު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި އިންތިޚާބު ކުރެވުނު ދެ ގޮނޑި ވެސް އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށް މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 100 އިންސައްތައިގެ ރެކޯޑެއް އެ ޕާޓީން ހޯދައިފިއެވެ.

މިއަދު އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މާވަށު ކައުންސިލްގެ ދެ ގޮނޑިއެއްގެ އިންތިޚާބު ބާއްވައިފައި ވެއެވެ. އެއީ ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުން ނަތީޖާ ކަނޑައެޅުމަށް ޓަކައި ވޯޓްލާން ޖެހުނު ކައުންސިލްގެ އާންމު މެމްބަރެއްގެ ގޮނޑިއާއި ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ. ކައުންސިލްގެ ރައީސްކަމަށް އަލުން ވޯޓްލާން ޖެހުނީ މާވަށު ނޫން ރައްޔިތެއް މާވަށު ކައުންސިލަށް ވޯޓްލައިފައިވާ މައްސަލައެއް ކުރިމަތިވުމުންނެވެ.

10 އޭޕްރީލް 2021 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި މި ދެ ކެނޑިޑޭޓުންގެ މެދުގައި ފަރަގުވީ އެންމެ ވޯޓެކެވެ. އެހެންކަމުން ނަތީޖާއަށް އަސަރު ފޯރައިފާނެ ފަދަ ކަމެއް ހިނގައިފައިވުމާއެކު އިލެކްޝަންސް ކޮމިޝަނުން ނިންމެވީ މާވަށު ކައުންސިލް ރައީސްކަމަށް ވެސް އަލުން ވޯޓް ނަގާށެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު އޮތް އިންތިޚާބުގައި ކައުންސިލްގެ ރައީސް ކަމަށް އެ މަގާމުގައި މިހާރު ވެސް ހުރި އަހުމަދު މޫސާ އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް ޢަބްދުއްރަޙުމާން ބަލިކޮށްގެންނެވެ. އަޙުމަދު މޫސާ ވަނީ 26 ވޯޓް ކުރި ހޯދައިފައެވެ.

ކައުންސިލްގެ އާންމު މެމްބަރު ކަމަށް ޕީޕީއެމްގެ އިބްރާހީމް އަބޫބަކުރު އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް ޙަސަން ޝިފާޒާ ވާދަކޮށެވެ. ފުރަތަމަ ބުރުގައި 432 ވޯޓުން މި ދެ ކެނޑިޑޭޓުން އެއްވަރުވި ނަމަވެސް މިއަދުގެ އިންތިޚާބުގައި އިބްރާހީމް އަބޫބަކުރު ވަނީ 11 ވޯޓުން ކުރި ހޯދައިފައެވެ.

މާވަށު ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ދެ ގޮނޑިއަށް ހޮވުނީ ޕީޕީއެމްގެ ހައްވާ އާތިކާ ޢަލީ އާއި އާމިނަތު އަމްސޫދާއެވެ. އަދި ކައުންސިލްގެ އާންމު މެމްބަރުކަމަށް ޕީޕީއެމްގެ ސަލްމާން ޢަބްދުއްރަޙުމާން ވެސް ހޮވިފައި ވެއެވެ. މީގެ އިތުރުން މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑި ވެސް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމުންނެވެ.

ލ.މާވަށަކީ ޕީޕީއެމަށާއި ރައީސް ޔާމީންއަށް ތާއީދު ބޮޑު ރަށެކެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް