Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަދަލު ދެނީ ރައީސް ޞާލިޙް ވެފައިވާ އިންސާފުގެ ވައުދު ފުއްދަން

ބަދަލު ދެނީ ރައީސް ޞާލިޙް ވެފައިވާ އިންސާފުގެ ވައުދު ފުއްދަން

އެގްރިމެންޓްތައް އުވާލުމާ ގުޅިގެން ސަރުކާރުން ބަދަލު ދެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެފައިވާ އިންސާފު ހޯދައި ދިނުމުގެ ވައުދު ފުއްދަން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޯޓުގެ ތިން މަރުހަލާ ނުނިމުނަސް ބަދަލު ދިނުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ކޯޓަށް ވެސް ނުގޮސް ގެއްލުމުގެ ބަދަލު ދިނުން ކަމަށެވެ.

"ސަރުކާރުން އަބަދުވެސް ބަދަލު ދޭނެ. މިއީ އަޅުގަނޑުމެން ހުއްޓާލާނެ ކަމެއް ނޫން" ޢަފީފް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން އަފީފް ވިދާޅުވީ އެގްރިމެންޓްތައް ސަރުކާރުން ބާތިލް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމުގައި ވާނަމަ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދައުލަތް ދިފާއު ކުރުމުގެ ބަދަލުގައި ސަރުކާރުން މިހާރު ކޯޓުގައި އިއުތިރާފުވެ އެއްބަސްވެވޭ ގޮތަށް ބަދަލު ދެމުން އަންނަ ކަމަށެވެ.

މި ބައްދަލުވުމުގައި އަފީފް އިތުރަށް ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ކޯޓުން ބޭރުގައި ކޮމިޓީއެއް ހެއްދެވި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް