ގައްދޫ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކު ފިހިއްޖެ

ގދ.ގައްދޫގައި ގޭސްފުޅިއެއް ގޮވައި މީހަކު ފިހިއްޖެއެވެ.
ގައްދޫ ކައުންސިލްގެ ނައިބު ރައީސް އާމިނަތު ފަރުޒީނާ ވަނީ މިކަން “ދެން” އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ފަރުޒީނާ ވިދާޅުވީ ގޭސްފުޅި ގޮވި ސަބަބެއް އަދި ސާފުވެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ގޭސްފުޅި ގޮވުމުގެ ސަބަބުން ބިދޭސީއަކު ފިހިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ގައިން 40 އިންސައްތަ ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މީހާ އިތުރު ފަރުވާއަށް މިހާރު ތިނަދުއަށް ގެންދެވިފައިވާ ކަމަށް ވެސް ފަރުޒީނާ ވިދާޅުވިއެވެ. އަދި މި ހާދިސާގައި އެ ގޭގެ އެއްވެސް އެއްޗަކަށް ގެއްލުން ވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ
.ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕީއާރް އޮފިސަރ ސާލިމް އަލީ ވިދާޅުވީ ފިހިގެން ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ 41 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށާއި އެ މީހާއަށް މިހާރު ފަރުވާދޭ ކަމަށެވެ.
ތިއަ ގޮވަނީ ކޮންކުންފުންޏެއްގެ ގޭސްފުޅއެއްތޯ ބަލާފަ އެބަޔަކަށް ހަރުކަށި އަދަބު ދޭކަށް ނުވޭބާ
ވަރަށް ރަގަލު ވާހަކައެއް
މޯލްޑިވް ގޭހުން މާލޭގެ ގޭގެޔަށް ފޮރިކޯށްދޭ ގޭސްފުޅީގެ ރައްކާތެރިކަމެއްނެތް. މިދިޔަ މަހުވެސް 3 ފުޅި ފޮނުވާޅަންޖެހުނޔ. ގޭސްފުޅީގެކޮޅުން ސިދާ އަޑުކިޔާފަ ގޭސްލީކްވަނީ. އަދި އެމީހުންގެ އިހުމާލުން ވާކަމަކަށްވެސް ކަސްޓަމަރު އަތުން އިތުރަށް ފައިސާނގަން މަސައްކަތްކުރި. ދިވެހ ޓެކްނީޝަނެއް ފޮނުވާށޭ ބުނީ ފޮނުވިމީހާ، ގޭސްފުޅިތިރިއަށްބާޅާށޭ ކިޔާފަ އަނގައިންވެސް ނުބުނެ ހަދާނެގޮތެއްނުބުނެ ސައިކަލަށް އަރައިގެން ދިޔައީ. ދިވެހި ގިަނ ކުންފުނީ ތކަކީ ކަސްޓަމަރުންނަށް ހިދްމަތް ފޯރކޮށްދިނުމުގައި ފެއިލްވެފައިވާ ކުންފުނިތައް. މީބަލާވެރިކަމެއް.ީ
މޯލްޑިވްސް ގޭސް މައްސަލަ އުޅޭ،،،