Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މައްސަލަ ބޮޑުވި މާވަށު ކައުންސިލްގެ ދެ ގޮނޑި ޕީޕީއެމްއަށް ލިބުނު ކަމަށް ނިންމައިފި

މައްސަލަ ބޮޑުވި މާވަށު ކައުންސިލްގެ ދެ ގޮނޑި ޕީޕީއެމްއަށް ލިބުނު ކަމަށް ނިންމައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި މައްސަލަ ބޮޑުވި ލ.މާވަށު ކައުންސިލްގެ ރައީސް ކަމާއި ކައުންސިލްގެ އާންމު މެމްބަރުގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.

ނަތީޖާ ހަމަހަމަވުމުގެ ސަބަބުންނާއި ނަތީޖާއަށް އަސަރު ފޯރާފަދަ ކަންތައް ހިނގާފައިވާ ރަށްރަށުގައިި ދެވަނަ ބުރުގެ ވޯޓްލުން ބާއްވައިފައި ވަނީ މިމަހުގެ 01 ވަނަ ދުވަހުއެވެ. މިި ބުރުގެ ވަގުތީ ނަތީޖާ އީސީން ދެންމެ ވަނީ އިޢުލާން ކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާވަށުގެ ރައީސް ކަމަށް ވާދަ ކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު މޫސާއަށް 557 ވޯޓް ލިބިފައި ވެއެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އާދަމް ޢަބްދުއްރަޙުމާނަށް ލިބިފައި ވަނީ 531 ވޯޓެވެ.

Advertisement
Ooredoo — Truecaller (box)

ކައުންސިލްގެ އާންމު މެމްބަރު ކަމަށް ޕީޕީއެމްގެ އިބްރާހީމް އަބޫބަކުރު އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް ޙަސަން ޝިފާޒާ ވާދަކޮށެވެ. ފުރަތަމަ ބުރުގައި 432 ވޯޓުން މި ދެ ކެނޑިޑޭޓުން އެއްވަރުވި ނަމަވެސް ދެވަނަބުރުގެ އިންތިޚާބުގައި އިބްރާހީމް އަބޫބަކުރު ވަނީ ޖުމްލަ 491 ވޯޓް ހޯދައި ޝިފާޒަށް ވުރެ 12 ވޯޓް ކުރި ހޯދައިފައެވެ.

https://dhen.mv/84661

ދެވަނަ ބުރުގެ އިންތިޚާބަށް ފަހު މާވަށު ކައުންސިލްގެ ފަސް ގޮނޑި ޕީޕީއެމް ވަނީ ކަށަވަރު ކޮށްފައެވެ. ނަމަވެސް މައްސަލަ ބޮޑުވީ ، ދެ ގޮނޑީގެ ޖުމްލަ ނަތީޖާ ކަނޑައެޅުމުގައި ދެވަނަ ބުރުގައި ވޯޓްލީ ދެ ނަމްބަރު ފޮށީގެ ނަތީޖާއަށް އެކަނި ރިޢާޔަތް ކުރެއްވުމަށް އީސީން ނިންމެވުމާ ގުޅިގެންނެވެ. މި ނިންމުމާ ގުޅިގެން މާވަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. އަދި އިދިކޮޅު ލީޑަރޝިޕުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުންތައް އީސީގެ މެމްބަރުންނާ ހިއްސާ ކުރައްވައިފައެވެ. މި ހުރިހާ ކަމަކަށް ބައްލަވައި އީސީން ވަނީ އެ ކޮމިޝަންގެ ކުރީގެ ނިންމުން ބަދަލުކޮށް މަގާމުތަކުގެ ޖުމްލަ ނަތީޖާ އިއްވާއިރު މެޖޯރިޓީ ރައްޔިތުންގެ ބަސް ގަދަވާނެކަމުގެ ޔަގީންކަން ލިބޭ ގޮތަށް ނަތީޖާ އިއުލާން ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް