ލައިފްސްޓައިލް

ގްރީންޓީ ތިޔަ ބޮނީ ހިކެންތަ؟ އޭގެން ލިބޭ ގެއްލުން އެނގޭ ނަމަ ނުބޯނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބަރުދަން ލުއިކުރުމުގެ ބޭނުމުގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ގްރީން ޓީއިން އަވަސް މިނެއްގައި ބަރުދަން ލުއިވި ނަމަވެސް އެއީ ކިޑްނީއަށް ގެއްލުން ލިބޭ ބުއިމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ( އޭ،އައި،އައި،އެމް،އެސް) އިން ހަދާފައިވާ ސަރވޭ އަކަށްފަހު އެ އިންސްޓިޓިއުޓުން ބުނެފައި ވަނީ މާކުރީ ޒަމާނުއްސުރެ ގްރީންޓީއަކީ މީހުންގެ މެދުގައި މަޤުބޫލްކަން ހޯދައިފައިވާ އަދި ބަރުދަން ލުއިކުރުމާއި، ސިއްޙީ ތަފާތު މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ގިނަބަޔަކު ބޭނުން ކުރަމުން އަންނަ ލުއިބުއިމެއް ކަމުގައި ވީ ނަމަވެސް  އޭގެ ސަބަބުން ކިޑްނީ ވަރަށް އަވަހަށް ހަލާކުކޮށްލާ އެއްޗެއް ކަމަށެވެ.

ގްރީންޓީ ހޫނުކޮށް ނުވަތަ ފިނިކޮށް ބުޔަސް ކަސްރަތަށް ހަލުވިކަމާއި އާރޯކަން ގެނެސްދޭ ކަމަށް މިސައިބޯ މީހުން ބުނެއެވެ. މިކަމާ ގުޅޭގޮތުން އެ ދިރާސާގައި ވަނީ އެހެން އެ ވަނީ އޭގައި ހުންނަ ކެޓެޗިންސް އާއި، އެންޓިއޮކްސިޑަންޓްސް އާއި ކެފެއިން ހަށިގަނޑުގައި ހޫނު އުފައްދާ، ހިނގުމާއި، މެޓަބޮލިޒަމް ރޭޓު އަވަސްކޮށްދޭތީއެވެ. އޭގެ ހެއްކެއްގޮތުން ބުނެފައި ވަނީ ކަސްރަތުގެ 01 މިނެޓު ކުރިން ގްރީންޓީ ތައްޓެއް ބޯލުމުން ވަރަށް އަވަހަށް މި އިފެކްޓް ހަށިގަނޑަށް އަންނަ ވާހަކައެވެ.

އޭ،އައި،އައި،އެމް،އެސް އިން އަލަށް މިހޯދުނު ހޯދުމުގެ ނަތީޖާ ދައްކާގޮތުން ގްރީންޓީއަކީ ކިޑްނީ ގެ މައްސަލަތައް ޖެހުމަށް މަގުފަހިކުރުވާ އަދި އެ ސައި އާދަވެގެން ބޯމީހުންނަށް އެފުރުޞަތު ބޮޑު ބުއިމެކެވެ.

ކިޑްނީ ހަލާކުވުމަށް ދިމާވާ ސަބަބެއްކަމަށް އެ ދިރާސާގައި ބުނެފައި ވަނީ ގްރީންޓީގައި އެކުލެވިފައިވާ ކެޓެޗިންސް އާއި، އެންޓިއޮކްސިޑަންޓްސް އާއި ކެފެއިންއެވެ. އެދިސާރާގައި ބުނެފައި ވަނީ އެމާއްދާ ތަކަކީ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުލިބި އޭގެ ސަބަބުން ކިޑްނީގެ ބަލިތަކަށް މަގުފަހި ކުރުވާ އަދި ކިޑްނީ ހަލާކުރާ މާއްދާތަކެއް ކަމަށެވެ.

މިފަދަ ދިރާސާތަކަކީ މާ ބޮޑު ބުރަދަނެއް އެކުލެވިފައި ނުވާ ދިރާސާތަކެއް ކަމަށް ގިނަބަޔަކު ބުނި ނަމަވެސް އެނގޭކަމަކީ މިހާރަކަށް އައިސް ގިނަބަޔަކު ކިޑްނީގެ މައްސަލަތައް އެކިގޮތްގޮތުން ތަޙައްމަލު ކުރަމުންދާ ކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!