ޚަބަރު

އެޗްޕީއޭގެ ފިޔަވަޅުތަކާ އެކު ވެސް ކޯޓުތައް ބަންދު ނުކުރަން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅައިފައިވާ ފިޔަވަޅުތަކާ އެކު ވެސް ޝަރުޢީ ކޯޓުތައް ބަންދު ނުކޮށް ޚިދުމަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ދުވަސްވަރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ރޭ ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ޢަމަލު ކުރަން އަންގާފައިވާއިރު، ސަރުކާރު އޮފީސްތައް ވެސް މި މަހުގެ 15 އާއި ހަމައަށް ބަންދު ކުރަން ވަނީ އަންގާފައެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެެއްގައި ބުނީ މާލޭ ސަރަހައްދުގެ ކޯޓުތަކާއި، ކޮވިޑާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައް ވެސް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އާންމުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ވަނީ ނިންމާފައި" ޖޭއެސްސީ ގެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސި ވަމުން އަންނަ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 586 މީހުން މި ބައްޔަށް ފައްސި ވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!