Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދަމުނަމާދަށް ދާން ބޭނުންވާ މީހުންނަށް ހިނގާފައި މިސްކިތަށް ދެވޭނެ: މަބްރޫކް

ދަމުނަމާދަށް ދާން ބޭނުންވާ މީހުންނަށް ހިނގާފައި މިސްކިތަށް ދެވޭނެ: މަބްރޫކް

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަންވަރު ވެހިކަލް ދުއްވުން މަނާވި ނަމަވެސް ދަމު ނަމާދަށް މިސްކިތްތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ހިނގާފައި މިސްކިތްތަކަށް ދެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސުވާލު ކޮށްފައި ވަނީ މާދަމާއިން ފެށިގެން މެންދަމު 00:00 އިން ފަތިހު 4:00 އާ ހަމައަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކޮށްފައިވާއިރު، ދަމު ނަމާދަށް މިސްކިތްތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ދެވޭނެ ތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ގޭ ދަށު މިސްކިތަށް ވަޑައިގަންނަވަންވީ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އެގަޑީގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަނީ. ހިނގާފައި އަދިވެސް އުޅެވޭނެ. އެހެންވީމަ ދަމު ނަމާދަށް ދާން ބޭނުންފުޅުވާ ބޭފުޅުންނަށް ހަމަ ހިންގަވާފައި ވަޑައިގެންނެވޭނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިސްކިތުގައި ގައިދުރު ކޮށްގެން ނަމާދު ކުރުމަށާއި މާސްކު އެޅުމަށް އަދި އަމިއްލަ މުސައްލައެއް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް