ބޮޑު ސުވާލު، ކަޅު ކޮފީ ބޮއެގެން ހިކިދާނެތަ؟
އަޅުގަނޑުމެންގެ ތެރޭގައި ގިނަމީހުންނަކީ ވަރަށް ގިނަ އަދަދަކަށް ކަޅުކޮފީ ބޯމީހުންނެވެ. އޭގެ ތެރޭގައި ގިނައީ ދެ ޖިންސްގެ ޒުވާނުންނެވެ. ދޮށީ އުމުރުގެ މީހުން ވެސް މިފަހަކަށް އައިސް ވަނީ ކޮފީބޯން ފަށާ އެކަން އާދައަކަށް ހަދައިފައެވެ.
އުފެދޭ ސުވާލަކީ އެހާ ވަރަށް ކަޅުކޮފީ ބޮއެގެން މީހާ ހިކިދާނެ ހެއްޔެވެ؟ މި ސުވާލެވެ. މިސުވާލުގެ ޖަވާބު އެކިމީހުން ދޭނީ އެކިއެކި ގޮތަށެވެ. ބައެއްމީހުން އާނއެކޭ ބުނާއިރު، އަނެއްބަޔަކު ނޫނެކޭ ވެސް ބުނާނެއެވެ. އަދި އަނެއްބަޔަކު އާނއެކޭ ނުވަތަ ނޫނެކޭގެ އިތުރުން އެހެން ވާހަކަ ތަކެއް ވެސް ދައްކަފާނެއެވެ.
ސައިންސްވެރިން ޤަބޫލު ކުރާގޮތުން ހެނދުނު ހޭލައިގެން އެއްކަމެއް ވެސް ކުރުމުގެ ކުރިން ކަޅު ކޮފީ ތައްޓެއް ބޯލާނަމަ އެއީ ވަރަށް ނަސީބު ރަނގަޅު މީހެކެވެ. އެމީހެއްގެ ކިބައިން އެއްވެސް ނަފްސާނީ ބަލިމަޑުކަމެއް ނުފެންނާނެއެވެ. އަދި ޑިޕްރެޝަންގެ މައްސަލަތަކުން ވަރަށް ބޮޑަށް ދުރުކޮށްދީ ހާސްކަން ފިލައިގެން ދާނެއެވެ.
އަދި އާދަވެގެން ކަޅުކޮފީ ބޯ މީހެއްނަމަ އޭނާގެ ހަށިގަނޑުގައި ލޮކި މަސްޖަހައި މީހާ ފަލައެއް ނުވާނެއެވެ. އަދި އާދަޔާ ޚިލާފު ބޮޑު ބަނޑެއް ވެސް ނުލާނެއެވެ.
މި ހޯދުންތައް ހޯދި ފަރާތްތަކުން މި ގޮތަށް ނިންމީ ކެފެއިން އެކުލެވޭ ކޮފީ އާއި ކެފެއިން އެކު ނުލެވޭ ކޮފީ ބޯ ގާތްގަޑަކަށް 2،00،000 މީހުންގެ ކަންކަން ތަފާތު ހަތަރު އަހަރު ތެރޭ ހޯދައިގެން ކަމަށް މިދިރާސާ ހެދި ފަރާތުން ރިޕޯޓް ކޮށްފައި ވެއެވެ. އަދި މި ހޯދުންތައް ދިރާސާކުރި މީހުން ބެލި ބެލުމުން ދުވާލަކަށް ދެތަށްޓާއި ހަތަރު ތައްޓާއި ދެމެދުގެ އަދަދަކަށް ކޮފީ ބޯމީހުން އާދަޔާ ޚިލާފަށް ބަރުދަން ލުއިވެ ހިކެއެވެ.
ކޮފީއަކީ ސިކުނޑިއަށް ވަރަށް ރަނގަޅު ބުއިމެއްކަމަށް ވެސް އެ ހޯދުންތައް ދިރާސާކުރި ގްރޫޕުން ބުނެއެވެ. އެމީހުން ބުނީ ކޮފީގެ ސަބަބުން ސިކުނޑިއަށް ތާޒާކަން ގެނެސްދޭ ކަމަށާއި، މުޅި ދުވަހުގެ އެކްޓިވިޓީސްތައް ހީވާގި ކަމާ މުރާލިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ހުސް ވާހަަކަ ނުހިކޭނެ
އަޅުގަނޑުމެންނަށްް ތިކުރާދިރާސާތަށްޤަބޫލްކުރަންދަތި
ބައެއްސައިންސްވެރިންގެދިރާސާއިންބުނާގޮތުން އާންމުކޮށްކަޅުކޮފީބުއިމަކީއެހާރަނގަޅުކެއްނޫން