Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭރަށް ނިކުމެ ނޫޅެވޭ ގޮތަށް ލ.ގަމުގައި ވެސް ކާފިއު އިޢުލާންކޮށްފި

ބޭރަށް ނިކުމެ ނޫޅެވޭ ގޮތަށް ލ.ގަމުގައި ވެސް ކާފިއު އިޢުލާންކޮށްފި

ލ.ގަމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 9 އިން ފަތިހު 4 އަށް މަގުމަތީގައި އުޅުން މަނާކޮށް ކާފިޢު އިޢުލާންކޮށްފިއެވެ.

ކޮވިޑް-19ގެ އަދާހަމަ ހިއްސާކުރުމަށް ގަމު ކައުންސިލުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުމެއްގައި ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެރަށުގައި މިރެއިން ފެށިގެން ކާފިއު ހިންގުމަށް ނިންމައިފައިވާ ކަމަށާއި ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި މި ހުއްދަ ކައުންސިލުން ދޫކުރާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ކާފިއު އިޢުލާންކުރި ނަމަވެސް ދަމު ނަމާދަށް މިސްކިތަށް ދިއުމުގައި ހުރަސްތަކެއް ނޯންނާނެ ކަމަށާއި ކާފިއު ވަގުތުގައި ވެސް ނަމާދަށް ދެވޭނެ ކަމަށެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރާނީ ގައިދުރުކޮށް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ގަމުން ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައި ވަނީ އެރަށާ ގުޅިފައި އޮންނަ މާންދޫން ކޮވިޑް-19 އަށް ފައްސިވި މީހާކާ ގާތުން ބައްދަލުވި މީހެއްގެ ކިބައިންނެވެ. މިހާތަނަށް ގަމުން 49 ކޭސްއެއް ފެނިފައިވާއިރު، އަތޮޅުގެ ގިނަ ރަށްތަކަކުން ކޭސްތައް ދަނީ ފެންނަމުންނެވެ. މިގޮތުން މިހާތަނަށް އެ އަތޮޅު، އިސްދޫ، މާވަށް، ދަނބިދޫ، ގަން، ފޮނަދޫގެ އިތުރުން މާންދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް