ޚަބަރު

ކޮވިޑް-19: ފުވައްމުލަކާއި އައްޑޫސިޓީގައި ކާފިއު އިއުލާނު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރޭތީ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި ކާފިއު އިއުލާނު ކޮށްފިއެވެ.

Ads by STELCO

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ 2021 މޭ 7 ވަނަ ދުވަހުން ފެށިގެން، 7(ހަތެއް) ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައި ވާ ކަމަށެވެ. އެ ފިޔަވަޅުތަކަކީ:

1 .ރޭގަނޑު 00:9 އިން ފެށިގެން ފަތިހު  4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
2 .ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
3 .އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
4 .ފުވައްމުލަކުސިޓީގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
5 .އެއްފަހަރާ 3(ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
6 .ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
7 .ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
8 .ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
9 .ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ޚިދުމަތް ދިނުން.
10 .ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުން.
11 .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަން ޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

މި ދެންނެވި ފިޔަވަޅުތަކުގެ ތެރެއިން އިސްތިސްނާވާ ބަޔަކު ވެސް ވަނީ ހާމަ ކުރައްވައިފައެވެ. އެއީ:

1 .ސިފައިންނާއި ފުލުހުން.
2 .ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު .
3 .އެމްބިއުލަންސް.
4 .އައްޑޫ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް.
5 .ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތައް.
6 .އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާއިރު އިއްޔެ ވެސް 701 މީހުން ރާއްޖެއިން މިބައްޔަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!