Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޭދަފުށިން އިތުރު 13 މީހަކު ފައްސިވެ، އެކްޓިވް ކޭސްގެ އަދަދު 90 އަށް

އޭދަފުށިން އިތުރު 13 މީހަކު ފައްސިވެ، އެކްޓިވް ކޭސްގެ އަދަދު 90 އަށް

އޭދަފުށިން އިތުރު 13 މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އޭދަފުށިން ރޭ ފައްސިވި 13 މީހުންނާއެކު އެރަށުގައި މިވަގުތު ފައްސިވެފައިވާ މީހުންގެ އަދަދަކީ 90 އެވެ.

އެ ރަށުގައި ބަލި ފެތުރެން ފެށި ފަހުން 187 މީހަކަށް ވަނީ ބަލި ޖެހިފައެވެ. މީގެ ތެރެއިން 97 މީހަކު ވަނީ ބަލިން ރަނގަޅުވުމުން ދޫކޮށްލައިފައެވެ. އަދި ހުކުރު ދުވަހުގެ މެންދަމު 12 އިން ހޮނިހިރު ދުވަހުގެ މެންދަމު 12 އަށް 62 ސާމްޕަލްއެއް ވަނީ ނަގައިފައެވެ. މީގެ ތެރޭގައި ގިނައީ ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލެވެ. މިގޮތަށް ފާހަގަވި 52 މީހެއްގެ ސާމްޕަލް ނަގައިފައިވެއެވެ.

Advertisement
Ooredoo — Square (box)

އޭދަފުށީން އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރަށް ވަނީ މޮނިޓަރިން ހާލަތަށް ލެވިފައެވެ. ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން ރަށް މޮނީޓަރިން ހާލަތުގައި ދެމިއޮންނާނެއެވެ. އެ ރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ.

އެ ރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް