Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިސްކިތަށް އަރައި އަވަގުރާނަ ގޮވި މީހާ ހައްޔަރު ކޮށްފި

ލ.ގަމު މަސްޖިދުލް އިޚްލާޞްގައި ރޭ ދަމު ނަމާދު ކުރަނިކޮށް މިސްކިތަށް އަރައި ހަޑިހުތުރު ބަހުން ވާހަކަ ދައްކައި މިސްކިތުގެ ތަކެއްޗަށް ގެއްލުން ދިން މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މިރޭ ، ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނާއަކީ ލ.ގަމަށް ހިޖުރަކުރި ލ،ކަޅައިދޫއަށް ނިސްބަތްވާ އަދި މިހާރު ލ.ގަމުގެ ރައްޔިތެއް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުގައި ރޭ އޭނާ މިސްކިތަށް އެރީ ވެސް މިސްކިތަށް ގާ އުކައިފައެވެ. އަދި ސޯޓެއް ލައިގެން ހުރެ މިސްކިތަށް އަރައި އޭނާ ވަނީ އިމާމާއާ ދިމާއަށް އަތް ދިއްކޮށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައިފައެވެ. އޭގެ ފަހުން އިމާމުގެ މައިކް އަތުލައި އެ ހަލާކު ކޮށްލި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. ހަމަ އެހެންމެ އޭނާ މިސްކިތުން ނިކުމެގެން ދަމުން ވެސް މިސްކިތަށް އެއްޗިހި އުކައިފައިވާ ކަމަށް މައުލޫމާތު ލިބިފައެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެ މިސްކިތުގައި ތިބި މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް