Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދުރޭގެ މައްޗަށް އުފުލި ދައުވާ ބާތިލުކޮށްފި

އަދުރޭގެ މައްޗަށް އުފުލި ދައުވާ ބާތިލުކޮށްފި

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އުފުލައިފައިވާ ދަޢުވާ ކުރިމިނަލް ކޯޓުން މިއަދު ބާޠިލުކޮށްފިއެވެ.

އަދުރޭގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީޢަތް، އެކޯޓުގައި ކުރިއަށް ދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައި ހުރެ، ހަޑިހުތުރު އެއްޗެހި ކިޔައި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

އަދުރޭގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާ ބާތިލުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ހެކި ހޯދާފައިވާކަމަށް ކަނޑައަޅައި، އެ މައްސަލަ މައުޟޫޢީ ގޮތުން ކޯޓުގައި ބަލާނެ ޖާގައެއް ނެތް ކަމަށް ނިންމުމަށް ފަހުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް