ޑޮލަރުގެ އަގު 19ރ. އަށް އުފުލިއްޖެ
ދިވެހިރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އަނެއްކާ ވެސް 19 ރުފިޔާއަށް އުފުލިއްޖެއެވެ.
އެންމެ ފަހުން ޑޮލަރުގެ އަގު ހުރީ 16.50ރ. އަށެވެ. ޑޮލަރުގެ އަގު މިހާރު ހުރީ 19 ރުފިޔާއާއި 18.70 ރުފިޔާއާ ދެމެދުގެ ރޭޓެއްގައެވެ. ކުރިޔަށް އޮތް ތާންގައި ޑޮލަރުގެ އަގު އިތުރަށް މައްޗަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާރު ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ޑޮލަރު ވިއްކާ ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ރަސްމީ ޑޮލަރުގެ އަގަކީ 15.42 ރުފިޔާއެވެ. ޑޮލަރުގެ އަގު 19ރ. އެރި އިރު ރާއްޖޭގައި އިންޑިއާގެ ޓޫރިސްޓުން މަދުވުމުގެ ސަބަބުން އެވްރެޖްކޮށް ދުވާލެއްޖެ މައްޗަށް އަންނަ ޓޫރިސްޓުންގެ ނިސްބަތް ވެސް ވަނީ މަދުވެފައެވެ.
ރާއްޖެ އަންނަ ފަތުރުުވެރިން ގިނަވުމަށް ފަހު މިހާރު އަނެއްކާ ވަނީ ދަށްވާން ފަށައިފައެވެ. މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު އަންނަނީ 2،500 ޓޫރިސްޓުންނެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.