Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާނާތުގައި ބައިވެރިވި މީހުން މަގާމުތަކުން ވަކިކުރަން ހުށަހަޅައިފި

ހިޔާނާތުގައި ބައިވެރިވި މީހުން މަގާމުތަކުން ވަކިކުރަން ހުށަހަޅައިފި

އެމެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބި މީހުން މިހާރުން މިހާރަށް ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ހުށަހަޅުއްވައިފި އެވެ.

އީވާ ވިދާޅުވީ މަސައްކަތުން ދުރުކުރެވޭ މަގާމެއްގައި ހުރި މީހަކު މިވަރުގެ ހިޔާނާތެއްގައި ބައިވެރިވެފައި އޮތް ނަމަ އެމީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

“"މަސައްކަތުން ދުރުކުރެވޭ މަގާމެއްގައި ހުރި މީހަކު މިވަރުގެ ހިޔާނާތެއްގައި ބައިވެރިވެފައި އޮތް ނަމަ އަޅުގަނޑުމެން ޖެހޭނޭ ސަޖެސްޓް ކުރަން” އީވާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓު މަޖިލީހަށް މިހާރު ހިއްސާކޮށްފައިވާ އިރު މި ލިސްޓުގައި 18ވަނަ ރައްޔިތުންގެ މަޖިލީހާއި 19ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ހިމެނެއެވެ. އެގޮތުން 18ވަނަ ރައްޔިތުން މަޖިލީހުގެ 44 މެންބަރުންނާއި 19ވަނަ މަޖިލީހުގެ 16 މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި 30 ބޭފުޅަކު ހިމެނޭ ކަމަށް ވެއެވެ. އަދި ފަސް ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ހަތް ބޭފުޅަކު ހިމެނެއެވެ.

1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގާފައިވާ ޚިޔާނާތާއި، ދަޢުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ތަހުޤީޤުކޮށް، އިންސާފު ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.

މި ވަޢުދުގެ ދަށުން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވާފައި ވަނީ 17 ނޮވެންބަރު 2018 ގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް