Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ސިފައިންނާއި ފުލުހުން ވެސް ހިމެނޭ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ސިފައިންނާއި ފުލުހުން ވެސް ހިމެނޭ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު އާންމު ކޮށްފައިވާއިރު ސަލާމަތީ ބާރުތައް ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބައެއް ފަރާތްތަކުގެ ނަން ހިމެނިއްޖެއެވެ.

އެ ލިސްޓުގައި މިހާރު ވެސް މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ 5 ފުލުހެއްގެ ނަން ހިމެނެއެވެ. އަދި އެމްއެންޑީއެފްގައި މަސައްކަތް ކުރާ ދެމީހެއްގެ ނަން ލިސްޓުގައި އެބައޮތެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓު އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފައެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުއްވި ލިސްޓުގައި 281 ނަމެއް އޮތް އިރު އެ ކޮމިޝަނުން ކުރިން ހާމަ ކުރި ގޮތުގައި އެ ލިސްޓުގައި އޮތީ 267 ނަމެވެ.

Advertisement
Ooredoo — Square (box)

އާންމު ކޮށްފައިވާ މި ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުން އަދި ކުރީގެ މެންބަރުން ވެސް ހިމެނެއެވެ. އަދި ބައެއް ކުންފުނިތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ނަން ވެސް ހިމެނޭއިރު ސްޕްރީމް ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް