Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އޮޑިޓާ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓާ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މީގެ ކުޑައިރުކޮޅެއް ކުރިން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވާފައިވާ ޒިޔަތުއަށް ވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން މަންފާވި ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

އެކަމާއި ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޒިޔަތު ވިދާޅުވީ، އޭނާއަށް 2014 ވަނަ އަހަރު ލިބިލެއްވި މި ފައިސާއަކީ އެ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭނާ ހުޅުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރިއިރު ކެމްޕޭނަށް ޕީޕީއެމްއިން ދީފައިވާ ފައިސާ ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޒިޔާތު ވިދާޅުވެފައެވެ. ހަމައެހެންމެ އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނާއި ވެސް ހިއްސާކޮށްފައި ވާނެ ކަމަށް ޒިޔަތު ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ޒިޔަތު އިތުރަށް ވިދާޅުވީ މި މައްސަލައިގައި އޭނާއަށް އެއްވެސް އިދާރާއަކުން ސުވާލު ކޮށްފައި ނުވާ ކަމަށާއި އަދި ހިޔާނާތުން މަންފާވި މީހުންގެ ލިސްޓެއްގައި އޭނާގެ ނަން އެއްވެސް އިރެއްގައި ހިމެނިފައިވާކަން އެނގިލައްވާފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް