ޚަބަރު

އިންޑިއާ ސަރުކާރުން އޮޅުވައިލަމުންދާ މަރުގެ އަދަދުތައް ، ފަޅައިއެރީ ނޫހަކުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ސަބަބުން!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19ގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު އެ ގައުމުން ހާމަ ކުރަނީ އޮޅުވާލައި ، މަދުކޮށް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by STELCO

ރިޕޯޓްތައް ބުނާ ގޮތުގައި އަދަދުތައް ހާމަ ކުރުމުގައި އޮޅުވައިލުން ގެންގުޅޭކަމަށް ތުހުމަތު ކުރެވި ހުޅަނގު ގުޖުރާތުގެ މީޑިއާތަކުން ވަނީ އެ މައްސަލައިގެ އަޑި ހޯދައިފައެވެ. އެ ގޮތުން އެ މީޑިއާގެ އެޑިޓަރެއް ކަމަށްވާ ރާޖޭޝް ޕަތަކުގެ އަނބިމީހާއާއި އަންހެން ދަރިފުޅުގެ ކިބައިން ކޮވިޑްގެ އަސަރު ފެނިގެން ޓެސްޓް ހެދުމަށް އޭޕްރީލް އެއްވަނަ ދުވަހު ހޮސްޕިޓަލަށް ދިޔަ ކަމަށާއި ކިޔުގައި މަޑުކޮށްގެން ތިބިއިރު ކޮވިޑް ޖެހިގެން މަރުވި ދެ މީހެއްގެ ހަށިގަނޑު ހޮސްޕިޓަލުން ނެރުނު ކަމަށް ރާޖޭޝްއާ ހަވާލާދީ މީޑީއާތަކުން ބުނެފައި ވެއެވެ. ނަމަވެސް އެ ދުވަހު ސަރުކާރުގެ އިދާރާތަކުން ހާމަކުރި ކޮވިޑްގެ ނަމްބަރުތަކުގެ ތެރޭގައި އެ ސަރަހައްދުން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ރާޖޭޝް ނިންމީ މިކަން ހިނގާ ގޮތެއް ހޯދައި ބަލާށެވެ. އެ ގޮތުން އެ ނޫހުގެ ޓީމަކުން ވަނީ 7 ސިޓީއެއްގެ ހޮސްޕިޓަލްތަކަށް ގުޅައި ކޮވިޑްގެ ނަމްބަރުތައް އޮޅުން ފިލުވަން ފަށައިފައެވެ. މި ގޮތުން އެއްކުރާ މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުގެ އިދާރާތަކުން ހާމަކުރާ އަދަދުތައް އުޅެނީ މާބޮޑަށް ވެސް ދަށުގައެވެ. އެހެން ކަމުން އެ ނޫހުން ވަނީ އިތުރު މައުލޫމާތު ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން އެ ނޫހުގެ ފޮޓޯގްރާފަރަކު ވަނީ އަހުމަދުއާބާދުގައި ހުންނަ ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލަކުން މަރުވެގެން ނެރޭ ހަށިތަކުގެ ފޮޓޯ ނަގައިފައެވެ. 17 ގަޑިއިރު ހިންގި މި އޮޕަރޭޝަންގައި 69 ހަށިގަނޑު ހޮސްޕިޓަލުން ނެރުނު ނަމަވެސް ޖެހިގެން އައި ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހުމަދުއާބާދުން ކޮވިޑް ޖެހިގެން މަރުވީ 20 މީހުންނެވެ.

މީގެ އިތުރުން އެ ނޫހުގެ ޓީމެއް ވަނީ އަހުމަދުއާބާދުގައި މަރުވާ މީހުން އަންދާ 21 ތަނަކަށް އެއް ދުވަހުގެ ތެރޭގައި ޒިޔާރަތް ކޮށްފައެވެ. އެތަނަށް ގޮސް އެތަންތަނުގައި އެ ދުވަހު އަންދާލި މީހުންނާއި އެ މީހުން މަރުވި ސަބަބާއި އެމީހުންގެ މައުލޫމާތުތައް އެތަންތަނުގެ އޮފިޝަލުންގެ ކިބައިން ހޯދިއެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި އެ ދުވަހު 200އަށް ވުރެ ގިނަ މީހުން އެ 21 ތަނުގައި އަންދާލައިފައިވެއެވެ. ނަމަވެސް އެ ދުވަހުގެ ހިސާބުތައް ޖެހިގެން އައި ދުވަހު ހާމަ ކުރިއިރު މަރުވި މީހުންގެ ޖުމްލަ ގޮތުގައި ހާމަކޮށްފައި ވަނީ 25 އެވެ.

ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ އިންޑިއާގައި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ކޮވިޑް ޖެހެއެވެ. އަދި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އެ ބަލީގައި ދުނިޔެދޫކޮށް ދެއެވެ. އިންޑިއާގައި މިހާރު އޮތް ކޮވިޑްގެ އާ ވޭރިއަންޓަކީ ވަރަށް ބޮޑަށް ނުރައްކާތެރި ވޭރިއެންޓެއްކަމަށް ޞިއްހީ އިދާރާތަކުން ބުނެއެވެ.

Ads by Ooredoo
  1. ÷ޮޕޮ

    އިންޑިޔާ ސަރުކާރަކީ ޖައްބާރުކަން ބޮޑުބައެއް