Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް ގެ ނަމުގައި ބޮލަކަށް އެންމެ ގިނައިން ހަރަދުކުރި ޤައުމަކަށް ރާއްޖެ، ނަތީޖާ ސުމެއް: ސައީދު

ކޮވިޑް ގެ ނަމުގައި ބޮލަކަށް އެންމެ ގިނައިން ހަރަދުކުރި ޤައުމަކަށް ރާއްޖެ، ނަތީޖާ ސުމެއް: ސައީދު

ކޮވިޑް-19 އާ ގުޅިގެން ބޮލަކަށް އެންމެ ގިނައިން ހަރަދުކުރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށާއި، ނަމަވެސް އެމަކުން ނެރެވުނު ނަތީޖާއެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ލ.މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އެ ހާލަތު ރާއްޖޭގައި ގޯސްވެފައި ވަނިކޮށް ވެރިން މަސައްކަތް ކުރަނީ ވެންޓިލޭޓަރު ހޯދުމަށް ކަމަށެވެ. އަދި ކޮވިޑަށް ބޮޑެތި ހަރަދުތައް ކުރެވުނު އިރުވެސް، އޭގެ އެންމެ އެދެވޭ ނަތީޖާ ނުފެންނަ ކަމަށާއި ރައްޔިތުންނަށް ލިބުނު ލުޔެއް ވެސް ނެތް ކަމަށެވެ.

“ ފައިސާ ޗާޕުކޮށް، އެތައް ބިލިއަނެއް ހަރަދުކުރިއިރު އިތުރުވީ ހޮސްޕިޓަލު އެނދެއް، ރައްޔިތުންނަށް ލިބުނު ލުޔެއް ނެތް. ކޮވިޑް-19 ގެ ނަމުގައި ބޮލަކަށް އެންމެ ހަރަދުކުރި ގައުމަކަށް މި ރާއްޖެ ވާއިރު ނަތީޖާ ސުމެއް” ސައީދު ވިދާޅުވިއެެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ސައީދު ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ސިފައިން މަގުމައްޗަށް ނެރޭތޯ ސުވާލު އުފައްދާފައެވެ. ސައީދު މިފަދައިން ސުވާލުކުރައްވާފައި ވަނީ ކޮވިޑު-19 ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ގޮތުން ސަރުކާރުން، ސިފައިން ކާފިއު ގަޑީގައި މަގުމައްޗަށް ނެރުމާ ގުޅިގެންނެވެ.

https://twitter.com/em_saeed/status/1392838671515066378?s=21

ފިނޭންސް މިނިސްޓްރީން އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން 3.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ސިއްޙީ ކަންކަމުގެ އިތުރުން އިގްތިސާދީ ކަންކަމަށް ހަރަދުކޮށްފައިވާކަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް