Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"ރައީސް ޔާމީން އަށް ހިޔާނާތުގެ 700 މިލިއަން ރުފިޔާ ލިބުނު ނަމަ ފުރަތަމަ އެ ދަޢުވާ ނުކުރީ ކީއްވެ؟"

"ރައީސް ޔާމީން އަށް ހިޔާނާތުގެ 700 މިލިއަން ރުފިޔާ ލިބުނު ނަމަ ފުރަތަމަ އެ ދަޢުވާ ނުކުރީ ކީއްވެ؟"

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ހިނގި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި އެމަނިކުފާނަށް 700 މިލިއަން ރުފިޔާ ލިބުނު ނަމަ އެ ދަޢުވާ ފުރަތަމަ ނުކުރީ ކީއްވެގެންތޯ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރސީގެ ޚިޔާނާތް ތަޙްޤީޤްކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އުފެއްދި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އާއްމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރސީގެ އެ ތަހުޤީޤަކީ ކުރިން ވެސް ތަކުރާރުކުރި ގޮތަށް ސިޔާސީ ސަކަރާތެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް ލިބުނު ކަމަށް ބުނާ ފައިސާ ދިނީ ކިހިނެއްތޯ އާއި، ގެއްލުނު ފައިސާ ހޯދަން ކުރީ ކޮން ކަމެއްތޯ ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

“ ރައީސް ޔާމީނަށް 700 މިލިޔަން ދިން ނަމަ ފުރަތަމަ އެ ދަޢުވާ ނުކުރީ ކީއްވެ؟އެ ފައިސާ ދިނީ ކިހިނެއް؟ގެއްލުނު ފައިސާ ހޯދަން ކުރީ ކޮންކަމެއް؟ބުހުތާން ދޮގު “ ޖަމީލް ވިދާޅުވިއެވެ.

https://twitter.com/mjameelahmed/status/1393427520641409024?s=21

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ވަނީ ދައުވާކޮށް ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އާންމު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލައިފައިވާ ލިސްޓު އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފައެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުއްވި ލިސްޓުގައި 281 ނަމެއް އޮތް އިރު އެ ކޮމިޝަނުން ކުރިން ހާމަ ކުރި ގޮތުގައި އެ ލިސްޓުގައި އޮތީ 267 ނަމެވެ.

އާންމު ކޮށްފައިވާ މި ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުން އަދި ކުރީގެ މެންބަރުން ވެސް ހިމެނެއެވެ. އަދި ބައެއް ކުންފުނިތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ނަން ވެސް ހިމެނޭއިރު ސްޕްރީމް ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް