Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާފަރުން ދެ ކުޑަކުދިން ކޮވިޑް-19އަށް ފައްސިވެއްޖެ

މާފަރުން ދެ ކުޑަކުދިން ކޮވިޑް-19އަށް ފައްސިވެއްޖެ

ނ.މާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސިވެފައި ވަނީ ބޮޑު މީހަކާއި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ކަމަށެވެ. އަދި އެ ތިން މީހުންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމަށް މާޖިދު ވިދާޅުވިއެވެ.

އެމީހުން ފައްސިވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ހަަމަ ނުވަނީސް އަލާމާތްތައް ފެންނާތީ ނެގި ސުންކުތަކުންނެވެ. އަދި އެމީހުންނާ އެއްވެސް ބަޔަކާ ކޮންޓެކްޓް ވެފައި ނުވާ ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގައި ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 1467 މީހުން ފައްސިވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް