Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

1،600އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ފައްސިވެފައި އެބަތިބި - އެޗްޕީއޭ

1،600އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ފައްސިވެފައި އެބަތިބި - އެޗްޕީއޭ

ކޮވިޑަށް ފައްސިވާ އަދަދު ގިނަވެ ރާއްޖޭގައި މިހާރު ޖުމްލަ 1663 އަށް ވުރެ ގިނަ ކުޑަކުދިންނަށް ބަލި ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭއިން) ބުނެފިއެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 44،523 މީހުންނެވެ.

ބަލިން ފަސޭހަވެފައިވަނީ 28،459 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 100 މީހުންނެވެ.

Advertisement
Ooredoo — Truecaller (box)

ފައްސިވާ އަދަދު ގިނަވެ ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުންދާއިރު ރާއްޖޭގައި ކުޑަކުދިންނަށް ބަލި ޖެހޭ ނިސްބަތް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި ކުޑަކުދިންނަށް މިކަމުގެ ނުރައްކާ ބޮޑުކަމަށް ގިނަ ޑޮކްޓަރުން ބުނެއެވެ.

ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވީ ދުވާލެއްގެ މަތިން 10 އަހަރުން ދަށުގެ 70 ނުވަތަ 80 ކުޑަކުދިން ބައްޔަށް ފައްސިވާ ކަމަށެވެ. އަދި 1 އަހަރުން ދަށުގެ 4 ނުވަތަ 5 ކުދިން ކޮންމެ ދުވަހަކު ވެސް ފައްސިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ދުވަސްވީ މީހުންނާ ހިލާފަށް ކުޑަކުދިން ހައި ރިސްކު ކެޓެގަރީގައި ނުހިމެނުނު ކަމުގައިވިޔަަސް އެފަދަ ހާލަތެއް މެދުވެރި ނުވާނެއޭ ބުނަން ދަތިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ބަލީގެ ޙާލަތު ގޯސްވަމުން އަންނައިރު ބަލީގައި ބޮޑުވަރު ވާ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް