Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނައިފަރުގެ ދެ ޒުވާނަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ އެރަށު ޒުވާނުން އިހްތިޖާޖު ކުރަނީ

ނައިފަރުގެ ދެ ޒުވާނަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ އެރަށު ޒުވާނުން އިހްތިޖާޖު ކުރަނީ

ނައިފަރުގެ ދެ ޒުވާނަކު ގޮނޑުދޮށަށް ގެންގޮސް ރޭ ފުލުހުން އަނިޔާ ކުރި މައްސަލައެއް ފެންމަތިވެ އެރަށު ޒުވާނުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.

“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފުލުހުން ގޮނޑުދޮށަށް ގެންގޮސް ދެ ޒުވާނަކަށް އަނިޔާ ކުރި ސަބަބަކީ އެރަށުގައި މަސައްކަތް ކުރާ ފުލުހެއްގެ އަނބިމީހާއަށް އެ ދެ ޒުވާނުން ވެގެން މަގުމަތިން ފޮށުނު ކަމަށް ބަޔަކު ބުނި މައްސަލައަކާ ގުޅިގެންނެވެ.

އެހެން ނަމަވެސް ފުލުހުން އަނިޔާ ކުރި ފަރާތެއް ކަމަށްވާ މުންތަސިރު “ދެން” އާ ވާހަކަ ދައްކަމުން ބުނީ އޭނާ އަކީ މަސްވެރިކަން ކުރާ މީހެއް ކަމަށާއި، އީދަށް ރަށަށް އައިސް އަދި ގެއިން ވެސް ނުނިކުންނަ ކަމަށެވެ. އަދި ފުލުހުން މިހެން ކަންތައް ކުރުމުގެ ސަބަބުން އަނިޔާ ލިބުނު ދެ ޒުވާނުން ވެސް އާއިލާއާއެކު އެ ފުލުސް މީހާގެ އަނބިމީހާއާ ބައްދަލުކުރުމުން ދަންނަ މީހެއް ނޫން ކަމުގައި ބުނި ކަމަށް ވެސް ވެއެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު މި މައްސަލައާ ގުޅިގެން ސުލްހަ ގޮތުގައި ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމަށް ފުލުސް އޮފީސް ދޮށަށް މިއަދުވެސް ދިޔަ ކަމަށާއި އެހެން ނަމަވެސް ފުލުހުން އިސްވެ މިއަދު ވެސް އަނިޔާ ކުރަން ފެށީ ކަމަށް މުންތަސިރު "ދެން"އަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި މިއަދު ފުލުސް އޮފީހަށް އެއްވީ އަނިޔާ ލިބުނު ދެ ޒުވާނުންގެ އާއިލާއާއި ރައްޓެހިން ކަމަށް ފާހަގަކޮށް މުންތަސިރު ބުނީ، ތިން ކުއްޖަކު މިހާރު ވެސް ފުލުސް އޮފީހަށް ވައްދާ އަނިޔާ ކުރަމުން ގެންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް