ޚަބަރު

ލ.މާމެންދޫން ކޮވިޑަށް ފައްސިވި މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލ. މާމެންދޫން ކޮވިޑަށް ފައްސިވި މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އަންހެންމީހާގެ ހާލު ސީރިއަސްވެ މާމެންދޫން ގަމަށް ގެނައި އިރު ވެސް ދަރިފުޅު ބަނޑަށް ނިޔާވެފައި ވާ ކަމަށެވެ.

މި އަންހެން މީހާއަކީ ބަލިވެ އިނީއްސުރެ ވެސް ބަލިކޮށް އުޅޭ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބަނޑަށް 24 ހަފްތާގައި މިހާރު އަންހެން މީހާގެ އޮޕަރޭޝަން ކުރެވި ދަރިފުޅު ނަގައިފައިވާ ކަމަށާއި، އަންހެން މީހާ މިހާރު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. އަދި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި އަންހެން މީހާ ފައްސިވުމާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ލ. މާމެންދޫގައި ކުރެވެމުން އަންނަ ކަމަށާއި، އެ އަންހެން މީހާ ގަމަށް ގެނެވުނީ މިއަދު ކަމަށް ވާތީ ގަމުގައި އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް ނުހުންނާނެ ކަމަށް ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!