ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ނުރައްކާ އޮވެގެން ސެކިއުރިޓީ ވަރުގަދަ ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ އިދާރާއަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތެއް ލިބި، މަޖިލީހުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ މަޖިލީހުގެ އިދާރާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށާއި، ހާލަތަށް ރިއާޔަތްކޮށް ސެކިއުރިޓީ ދަމަހައްޓާނެ ކަމަށެވެ.

ރައްޔިތުން މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ފޭސްބުކު ޕޯސްޓަކަށް މީހަކު ކޮމެންޓެއް ކުރުމުން މި މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އިއްޔެ ޓީވީ ޗެނަލްއަކުން މަޖިލިސް ލައިވް ކުރަމުން ދިޔަ ވަގުތު ނަން ހާމަ ނުކުރާ ފަރާތަކުން ވަނީ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓު ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާއަށް ފަހު، އެފަދަ ކަމަކަށް އެއްބާރުލުންދޭ އަދި ސޯޝަލް މީޑިއާގައި ވެސް ނުވަތަ އެހެން ގޮތަކުން ވެސް ކޮމެންޓުކޮށް ހަދާ މީހުން ހޯދައި އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!