Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖެއިން އިތުރު 1465މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

ރާއްޖެއިން އިތުރު 1465މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

ކޮވިޑް-19 އަށް ފައްސިވީ އަދަދު ، މިއަދު 1465އަށް އަރައިފިއެވެ.

މިއަދު ފައްސިވީ މީހުންގެ ތެރެއިން 517 މީހުންނަކީ އިއްޔެގެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އަށް ނެގިފައިވާ ސާމްޕަލްތަކުގެ ނަތީޖާއިން ފައްސިވި މީހުންނެވެ.

މާލެއިން މިއަދު ފައްސިވެފައި ވަނީ 1،213 މީހުންނެވެ. އަދި އަތޮޅުތެރެއިން 244 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 8 މީހަކު ވެސް ފައްސި ވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

Advertisement
Allied — Dhen Online (box)

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 47،421 މީހުންނެވެ. އަދި 29،086 މީހުން ބަލިން ފަސޭހަ ވެފައިވެއެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 105 މީހުންނެވެ. އަދި ހޮސްޕިޓަލުތަކުގައި މި ވަގުތު 268 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް