Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހާލަތު ގޯސް، ކޮންމެ ނަރުހަކު 20 ބަލިމީހުން ބަލަން ޖެހޭ

ހާލަތު ގޯސް، ކޮންމެ ނަރުހަކު 20 ބަލިމީހުން ބަލަން ޖެހޭ

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮންމެ ނަރުހަކު 20 ބަލި މީހުން ބަލަން ޖެހޭ ކަމަށް އެޗްއީއޯސީގެ ހެޑް އޮފް އޮޕަރޭޝަންސް އިބްރާހިމް އަޝްރަފް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ ފައްސިވާ މީހުން ގިނަވަމުން ދާވަރަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް ދުވަހެއް ދުވަހަކަށް ގިނަވަމުންދާކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މާބަނޑުމީހުން ފައްސިވާކަމަށް އަޝްރަފް ފާހަގަކުރިއެވެ.

އަޝްރަފް ވިދާޅުވީ އިސީޔޫގައި ކޮންމެ 3 މީހަކަށް ޑޮކްޓަރެއް ފަރުވާދެމުންދާކަމަށާއި، މޮޑެރޭޓް ހާލަތުގެ ބަލި މީހުންގެ ތެރެއިން ކޮންމެ ނަރުހަކު ބަލަން ޖެހޭ 10 ބަލި މީހުން ތިބޭ ކަމަށެވެ. އަދި ޖެނެރަލް ވޯޑުގައި ކޮންމެ ނަރުހަކު ބަލަން ޖެހޭ 20 ބަލި މީހުން ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 47،421 މީހުންނެވެ. އަދި 29،086 މީހުން ބަލިން ފަސޭހަ ވެފައިވެއެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 111 މީހުންނެވެ. އަދި ހޮސްޕިޓަލުތަކުގައި މި ވަގުތު 268 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް