Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1700އަށް ވުރެ ގިނަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި

ކޯވިޑް-19 ދިފާޢު: އިތުރު 1700އަށް ވުރެ ގިނަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި

ރާއްޖެއިން އިތުރު 1،700އަށްވުރެ ގިނަ މިހުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 1،409 މީހުންނެވެ. އަދި މާލެ ސަރަޙައްދުން ވެކްސިން ޖަހައިފައި ވަނީ 344 މީހުންނެވެ. މިއާ އެކު އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 1،753 މީހުންނެވެ.

ވޭތުވެދިޔަ 24ގަޑިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 475 މީހުން ވަނީ ޖަހައިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ވެކްސިން ޖެހި 248 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 227 މީހުން ހިމެނެއެވެ. މިއާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 304،394އަށް އަރައިފައެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް