Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޖަޕާނަށް އެތެރެވުން މަނާކޮށްފި

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޖަޕާނަށް އެތެރެވުން މަނާކޮށްފި

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޖަޕާނަށް އެތެރެވުން މަނާކޮށްފިއެވެ.

ޖަޕާނު ސަރުކާރުން ބުނީ ފާއިތުވި 14 ދުވަސް ތެރޭ ރާއްޖެއަށް ދަތުރު ކޮށްފައިވާ ފަރާތްތަކަށް އެޤަައުމަށް އެތެރެއެއް ނުވެވޭނެ ކަމަށެވެ. ރާއްޖޭގެ އިތުރުން އަދިވެސް އިތުރު ގައުމުތައް ޖަޕާނަށް އެތެރެވުން މަނާ ލިސްޓުގައި ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ގިނަ ގައުމުތަކުގައި އިތުރުވެފައިވާއިރު، މި ބަލިން ރައްކާތެރިވުމަށް އެކި ގައުމުތަކުން ދަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ބަލި ބޮޑަށް ފެތުރިފައިވާ ގައުމުތަކުން އެހެން ގައުމުތަކަށް އެތެރެވުން ވެސް ދަނީ މަނާކުރަމުންނެވެ.

Advertisement
Allied — Dhen Online (box)

ރާއްޖެެއިން ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔުމާއެކު ޤައުމުތަކުން ދަތުރުކުރުމުގައި ޚާއްސަ ފިޔަވަޅުތައް އަޅާފައިވާ ލިސްޓްތަކަށް ރާއްޖެ ދަނީ އަރަމުންނެވެ. ޖަޕާނުގެ އިތުރުން އިނގިރޭސިވިލާތުގެ ލިސްޓަށްވެސް ރާއްޖެ ވަނީ އަރައިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެސް ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން ވަނީ މަނާކޮށްފައެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ވޯކް ޕާމިޓް ހޯލްޑަރުން ވެސް ރާއްޖެ އެތެރެވުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް