Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްއައިޓީޑީސީގެ ކުރީގެ އެމްޑީ އަދި ޑީއެމްޑީގެ މައްޗަށް ދައުވާ ކުރަނީ

އެމްއައިޓީޑީސީގެ ކުރީގެ އެމްޑީ އަދި ޑީއެމްޑީގެ މައްޗަށް ދައުވާ ކުރަނީ

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ހުސައިންގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި ޝާހިދު އާއި ޝަކީބާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ 2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުން ކުރުމަށް "ލިންކްސް އައި" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް އެމްއައިޓީޑީސީއަށް ކުއްލި ގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޓަކައި ފޮނުވައިފައި ވަނީ މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

Advertisement
Ooredoo — Square (box)

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ވިދާޅުވީ، އެމްއައިޓީޑީސީގެ އޭރުގެ އެމްޑީ އަދި ޑީއެމްޑީ ވަނީ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި މަސައްކަތް ކޮށްފައި ކަމަށާއި އެހެންކަމުން އެ މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތުން އެ ފަރާތްތަކުގެ ވާޖިބު އަދާ ކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދިލައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް