Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޒާރު! މިއަދުގެ ފައްސި ނަމްބަރު 2000އިން މަތީގައި!

އިންޒާރު! މިއަދުގެ ފައްސި ނަމްބަރު 2000އިން މަތީގައި!

ރާއްޖެ އިން އިތުރު 2000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 2،194 މީހުން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 691 މީހުންނަކީ އިއްޔެގެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އަށް ސާމްޕަލް ނެގުނު ފަރާތްތަށް ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1698 މީހުންނެވެ. އަތޮޅުތެރެއިން 467 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 29 މީހުން ފައްސި ވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 50،802 މީހުންނެވެ.

ބަލިން ފަސޭހަވެފައިވަނީ 30،403 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 114 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 280 މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް