Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަލަސްތީނަށް ތާއީދުކޮށް ކަނޑުމަތީ ރެލީއެއް

ފަލަސްތީނަށް ތާއީދުކޮށް ކަނޑުމަތީ ރެލީއެއް

ހައްދު ފަހަނައަޅައިފައިވާ އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ފަލަސްތީނަށް ތާއީދުކޮށް މާލޭގައި ކަނޑުމަގުން ރެލީއެއް ކުރިއަށް ގެންގޮސްފިއެވެ.

ސިނަމާލޭ ބުރިޖު ސަރަހައްދުން މިއަދު ހަވީރު ފެށި މި ރެލީގައި ގާތްގަނޑަކަށް 30 ހަކަށް އުޅަނދު ބައިވެރިވެފައިވާ އިރު މި ރެލީގައި ބައިވެރިވި އުޅަނދުތައް ވަނީ މާލެ ވަށައި ބުރު ޖަހައިފައެވެ.

މިދިޔަ ރޯދަމަހުން ފެށިގެން އިސްރާއީލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ދިން ހަމަލާތައް އިއްޔެ ހުއްޓައިލި ނަމަވެސް މިއަދު ވެސް އިސްރާއީލު ސިފައިން ވަނީ އަގްސާ މިސްކިތަށް ވަދެގަނެފައެވެ.

Advertisement
HDC — Sidebar (box)

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ފަލަސްތީނަށް އެހީވުމަށް ޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހަރަކާތްތައް ބާއްވަމުންނެވެ.

ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ހަރަކާތްތެރިވާ މީހުންގެ ފަރާތުން މިއަދު ކަނޑުމަތީ ބޭއްވި ރެލީގައި ކުދި ޑިންގީތަކާއި ލޯންޗުތައް ދުއްވާފައި ވަނީ ފަލަސްތީންގެ ދިދަ ޖަހައިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް