ރިޕޯޓް

އެހީތެރިކަން ބޭނުންވި ވަގުތު ވާދަވެރިކަން ދޫކޮށް ކަލައިދޫން އިސްކުރީ އަޚްވަންތަކަން!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ލ.އިސްދޫގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ، ގިނަގޭގެ ކަރަންޓީނު ކޮށްފައިވާތީ އެ ރަށާއި އެއްފަސްކޮށް އޮންނަ ވާދަވެރި ކަލައިދޫން ، އިސްދުއަށް އެހީތެރިކަން ފޯރުކޮށްދީ ނަމޫނާ ދައްކައިފިއެވެ.

Ads by Hajj Corporation

އިސްދޫގެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ އެއްތާވި މީހުން ދެނެގަނެ އެރަށުގެ 70 ގެއެއް މިވަގުތު ހުރީ ކަރަންޓީނުގައެވެ.

ކަލައިދޫން އިސްދޫއަށް އެހީވެދިނުމަށް ހިންގި ޕްރޮގްރާމަކީ ކަރަންޓީނުގެ ސަބަބުން އިސްދޫގެ ގިނަ ރައްޔިތުން ބަންދުވެ މަސްވެރިކަމު ނުދެވުން ފަދަ ކަންކަމާ ގުޅިގެން ތަކްލީފާއި ދަތިކަން އުފުލަން ޖެހިފައިވާތީ މާލޭގައި ދިރިއުޅޭ ކަލައިދޫ ރައްޔިތުންގެ އިސްނެގުމުގެ މަތީން ހިންގުނު ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ކަރަންޓީނުގައި ހުރި 70 ގެއަކަށް ކަލައިދޫން ވަނީ އެހީގެ ޕެކޭޖު ހަދިޔާ ކޮށްފައެވެ. މި ހަރަކާތް ހިންގި ފަރާތުން "ދެން"އަށް މައުލޫމާތު ދެމުން ބުނީ އިސްދޫއާއި ކަލައިދޫއަކީ ދެ ރަށެއް ނަމަވެސް އެއީ އެއް ބައެއް ކަމަށާއި މި ހަރަކާތާ މެދު ވަރަށް އުފާ ކުރާ ކަމަށެވެ. އަދި މި ހަރަކާތުގެ މަގުސަދަކީ ދެ ރަށުގެ އަޚްވަންތަކަމުގެ ގުޅުން ބަދަހިކުރުންކަން ފާހަގަކޮށް މި ކަމުގައި ބައިވެރިވެލެއްވި އެންމެންނަށް އިންތިޒާމް ކުރި ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިސްދޫއާއި ކަލައިދޫއަކީ ޒަމާނުއްސުރެ ވާދަވެރިކަން ބޮޑު ދެ ރަށެވެ. ކުރިން އެއް ރަށެއްގެ ގޮތުގައި އޮތް ނަމަވެސް ވާދަވެރިކަމުގެ ސަބަބުން އިސްދޫއާއި ކަލައިދޫއަކީ އިދާރީ ދެ ރަށް ކަމަށް ނިންމީ ވޭތުވެދިޔަ ވެރިކަމުގައެވެ.

ކަލައިދޫން އިސްދުއަށް ވެދިން އެހީތެރިކަން އިސްދޫން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އިސްދޫ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ލޯތްބާއި އަޚްވަންތަކަމުގެ ގުޅުން ކަމަށެވެ.

"މި ފަދަ ކޮންމެ ވަގުތެއްގައި ފެނިގެންދަނީ ދެރަށުގެ އެއްބައިވަންތަކަން ،އެއްބައެއްވަންތަކަން ، ލ.އިސްދުއަށް ކޮވިޑް19އާ ގުޅިގެން ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ލ.ކަލައިދޫ ރައްޔިތުންގެ ފަރާތުން ވެދެއްވަމުން ގެންދަވާ މި ފަދަ އެހީތެރިކަމަށް ޓަކައި އިސްދޫ ކައުންސިލާއި ރަށު ޓާސްކް ފޯހާއި އިސްދޫ އެންމެހައި ރައްޔިތުންގެ ނަމުގައި ކަލައިދޫގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" އިސްދޫ ކައުންސިލުން ބުނެފައި ވެއެވެ.

އިސްދޫއާއި ކަލައިދޫގެ ފަސްގަނޑުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ ދެ ރަށަށް ވެސް ކޮވިޑްގެ ނުރައްކާތެރިކަން ވަނީ ބޮޑުވެފައެވެ. އިސްދޫ ކައުންސިލްގެ މެމްބަރު ޙަސަން ނަޖީބު މައުލޫމާތު ދެއްވި ގޮތުގައި އެ ދެރަށުން 130 މީހަކު ފައްސިވެފައިވެއެވެ. އޭގެ ތެރެއިން އިސްދޫން މިހާތަނަށް 98 މީހަކު ފައްސިވެފައިވާއިރު ކަލައިދޫން ވެސް 32 މީހުން ފައްސިވެފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

Ads by Ooredoo
  1. މޑޕ ގެ މަޖްލިސް ބައެއް މެމްބަރުން ދޭންބުނި ހަދިޔާ ކޮވިޑް އެތިބީ އަހަރުމެނައް ޖައްސާފަ ނުބައިނުލަފާ ބައެއް

  2. ނަޑޭ

    ވާދަ ދޫކޮށްލާ ސާފު ހިތް ކުރާށޭވީީ
    އާދަކާދަ އޭރުންނޭ ސީދާ ވާނީ