Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މުއިއްޒު ގޮވައިލައްވައިފި

ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މުއިއްޒު ގޮވައިލައްވައިފި

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މިފަދައިން ޑރ. މުއިއްޒު ގޮވައިލެއްވީ މިއަދު ކުރެއްި ޓްވީޓެއްގައެވެ. މުއިއްޒު ވިދާޅުވީ ‏ކޮވިޑް 19ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކާފިއު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާލޭ ސިޓީގައި ‏ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި މުޢިއްޒު ގޮވައިލެއްވިއެވެ.

https://twitter.com/mmuizzu/status/1395788495692701700?s=21

Advertisement
HDC — Sidebar (box)

މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު މިއަދު ދަތުރުވެރީންގެ މާރުކެޓްގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާއާއި އާދޭސްތައް އެކުލެވޭ ސިޓީއެއް ވެސް އައު މޭޔަރު ،މުއިއްޒަށް ވަނީ ހުށަހަޅައިފައެވެ. އެ ސިޓީގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފައި ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރީންގެ މާރުކޭޓްގެ ގޮޅީގެ ސައިޒު ތަފާތު ނަމަވެސް ދެ ތަނުން ވެސް ކުލި ނަގަނީ އެއްވަރަކަށް ކަމަށާއި އެ ތަފާތަށް ޙައްލެއް ހޯދައިދެއްވުން އެދޭ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް