ޚަބަރު

އެލަވަންސް ނުލިބި ލަސްވަނީ ހާޒިރީ ރަނގަޅަށް ނުބެލެހެއްޓިގެން: އެޗްއީއޯސީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރާ ވޮލަންޓިއަރުންގެ ހާޒިރީ ބެލެހެއްޓުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އެލަވަންސް ނުލިބި ލަސްވަނީ ވެސް އެހެންވެ ކަމަށް އެޗްއީއޯސީން ރޭ ބުނެފިއެވެ.

Ads by STELCO

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ފޯމުތައް ފުރާ ހާޒިރީ ބެލެހެއްޓުމުގައި މައްސަލަ ޖެހުނީ، އެއްފަހަރާ އެތައް ބައެއްގެ މައުލޫމާތު ބަލަހައްޓަން ޖެހޭތީ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ވޮލަންޓިއަރުން ވެސް މަސައްކަތް ކުރަނީ އެކަން ދަނެ، ގައުމަށް ޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށް ވެސް ނާސިރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނާސިރު ވިދާޅުވީ އެކި މަސްމަހަށް ބަހައިލައިގެން އެލަވަންސް ޖަމާކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ނާސިރު ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ، އެފަރާތްތަކުން ކުރިމަތިލުމުން އެޗްޕީއޭއިން ދެވިފައިވާނެ މެސެޖަކީ، އެގޮތަށް ބައިވެރިވީތީ ޝުކުރު އަދާކުރާ ކަމަށާއި، އެލަވަންސެެއް ދޭން ސަރުކާރުން ހަމަޖައްސާފައި އޮތް ހާ ދުވަހަކު އެލަވަންސެއް ލިބޭނެ ކަމުގައެވެ. އަދި އޭގެ މާނައަކީ އެލަވަންސެއް ދޭނެ ވާހަކަ ބުނެގެން، އެލަވަންސް ލިބޭނެ ކަމަށް ބަލައިގެން ބައިވެރިވި ފަރާތްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!