ޚަބަރު މެދުއިރުމަތި

1438ގެ ހިމޭން މެސެޖު، ދިވެހީންގެ ފަރާތުން ފަލަސްތީނަށް ، ލޯތްބާއެކު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ޔަހޫދީންނަކީ އެތައް ގޮތަކުން ފަލަސްތީނަށް އުނދަގޫ ކުރަމުން އަންނަ ބަޔެކެވެ. ދުވަސް ދުވަސްކޮޅުން މި އަނިޔާވެރިކަން އިތުރުވާއިރު ހަމަލާތަކުގައި ޝަހީދުވެ ދަނީ އެތައް ބަޔެކެވެ.

Ads by MWSC

މިދިޔަ ރޯދަމަހުން ފެށިގެން އިސްރާއީލުން ހުއްޓުމެއް ނެތި ދިން ހަމަލާތައް ވަގުތީ ގޮތުން ހުއްޓިފައިވީ ނަމަވެސް ގިނަ ބަޔަކު ޝަހީދުވިއެވެ. އެގޮތުން މި ހަމަލާތަކުގެ ތެރޭގައި 232 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި 1600 އަށްވުރެ ގިނަ މީހުން މި ހަމަލާތަކުގައި ޒަހަމްވިއެވެ. މައިންބަފައިންނާއި ދަރިން ވަކިވެ އެތައް އާއިލާތަކެއް ގެއްލިއްޖެއެވެ. އަނބިން ހުވަފަތްވެ ދަރިން ޔަތީމް ވެއްޖެއެވެ. ބޯ ހިޔާކޮށްލާނޭ ގެދޮރެއް ނެތެވެ. ހަމަލާތަކުގައި އިމާރާތްތައް ސުންނާފަތިވެގެން ދިޔައީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

މިފަދަ ކޮންމެ ވަގުތެއްގައިވެސް ފަލަސްތީނުގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާ އެއް ޤައުމަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. ސައިޒުން ކުޑަ ނަމަވެސް މި ލޮބުވެތި ޤައުމުގެ އަހުލުވެރީންގެ ހިތްތައް ކުޑައެއް ނޫނެވެ. އެތައް ގޮތަކުން ދިވެހީން ދަނީ ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާއެކު ތިބިކަން ހާމަ ކުރަމުންނެވެ. ވެވެނު ވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިކަމުގައި ދިވެހީން ވަނީ ދުނިޔޭގައި ނިސްބަތުން ބޮޑު ޤައުމުތަކަށް ގޮން ޖަހައިލާ ނަމޫނާ ދައްކާފައެވެ. ބިރުވެރި ސިގްނަލްތައް ލިބުނު ކަމުގައި ވިޔަސް ދިވެހީން ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅައެވެ. ބަދަލުގައި އިތުރު ޖޯޝަކާއެކު ދިވެހީން ފަލަސްތީނާއެކު ތިބިކަން ހާމަކުރަމުން ދިޔައެވެ.

އެގޮތުން ފާހަގަ ކޮށްލެވުނު އެއް ހަރަކާތަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ 1438 އިން އިއްޔެ ނެރުނު "ހިމޭން ވީޑީޔޯ""ހިމޭން ވީޑީޔޯ" އެކެވެ.ހިމޭން ވީޑިއޯއެއް ނަމަވެސް އެ ވީޑިޔޯއިން ދައްކުވައިދިނީ އުފާވެރި މަންޒަރެކެވެ. ފަޚުރުވެރިވާ ފަދަ މަންޒަރެކެވެ

1438ގެ ވީޑިއޯ ލިންކް

ޝައްކެއް ނެތެވެ. ދިވެހީން ތިބީ ފަލަސްތީނާއެކުގައެވެ. ފަލަސްތީނުގެ ހައްޤުގައި މިއީ އެއްބައެއްކަން ސާބިތުވެއްޖެއެވެ. މި ވީޑިޔޯގައި އެ ބޮޑުބެރު ގްރޫޕުގެ މެމްބަރުންގެ އިތުރުން ރާއްޖޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރާ ހުނަރުވެރިންނާއި، ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން އާންމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ. އެންމެން ވެސް ތިބީ ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ.ދުލުން ނުބުންޏަސް އެ ހިތްތަކުގައި ފަލަސްތީނަށް ޓަކައި އޮތް ލޯބި ފެންނަމުން ދިޔައެވެ. ބުނާ ކަހަލައެވެ. ފަލަސްތީނުގެ އަޚުންނާއި އުޚުތުން އެއީ އަހަރެމެންގެ ވެސް ލެއެވެ.

މީގެ އިތުރުން ވެސް ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކުވައި ދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ވަނީ ހިންގިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!