Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމުކުރަން ނިންމައިފި

ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމުކުރަން ނިންމައިފި

ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމު ކުރަން ނިންމައިފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަަމަށެވެ. އެގޮތުން ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓު ހެދޭނެ ނިޒާމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޕީސީއާރު ޓެސްޓިންގް ފެސިލިޓީތަކެއް ހެދުމަށް ނިންމާފައި ވަނީ ލ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ރ.އަތޮޅާއި ޅ. އަތޮޅުގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެ ރަށްރަށުގައި ތަމްރީން ކުރަން ޖެހޭ ލެބޯޓްރީ ބޭފުޅުންގެ ނަން ފޮނުވުމަށް ހެލްތް މިނިސްޓްރީން އަންގާފައިވާނެ ކަމަށާއި އައު ކައުންސިލަރުންނާ މިހާރު އެޗްޕީއޭއިން ބައްދަލުކުރެވިފައިވާނެ ކަމަށެވެ. އަދި ކޭސްތައް މެނޭޖް ކުރަމުންދާނެ ގޮތުގެ މަޝްވަރާ ކުރެވިފައިވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް