Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަސްވަނަ ބުރިން ވެއްޓުނު މީހާ ހޭނާރާ އޮންނަތާ 42 ގަޑިއިރު، ހާލު ސީރިއަސް

ފަސްވަނަ ބުރިން ވެއްޓުނު މީހާ ހޭނާރާ އޮންނަތާ 42 ގަޑިއިރު، ހާލު ސީރިއަސް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ވެއްޓުނު މީހާ އަދިވެސް ހޭނާރާކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދެން'އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ ނ.މާފަރުގެ 33 އަހަރުގެ ޒުވާނެކެވެ. މި ޒުވާނާގެ ހާލު މިހާރު ސީރިއަސް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އޭނާގެ ގައިގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވެެެެެެއެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގެ ހުންނަ މުތީ ގޯޅިންނެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ފުލުހުންނަށް އޭނާ ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ 21 ވަނަ ދުވަހުގެ ރޭ މެންދަމު 1:00ގައި ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް