Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހެލްތު މިނިސްޓަރު ހުންނެވީ ދަރުބާރުގޭގައި، އެކަހެރިއެއް ނުކުރައްވާ- މަބްރޫކު

ހެލްތު މިނިސްޓަރު ހުންނެވީ ދަރުބާރުގޭގައި، އެކަހެރިއެއް ނުކުރައްވާ- މަބްރޫކު

ހައިރިސްކް ބޭފުޅަކަށް ވާތީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ހުންނެވީ އެކަހެރި ކުރައްވާފައި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓް ކުރި ޚަބަރު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ދޮގު ކުރައްވައިފިއެވެ.

އެކަން ދޮގު ކުރައްވާ މަބްރޫކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ހުންނެވީ ދަރުބާރުގޭގައި ކަމަށާއި ކޮންމެ ދުވަހަކު ވެސް ގިނަ ވަގުތުތަކުގައި ދަރުބާރުގޭގެ މަސައްކަތްތަކުގައި އުޅުއްވާ ކަމަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލް ގެއްލި ސިއްހީ ހިދުމަތްތެރިންނަށް ނުކަތާވަރުވެފައެވެ. އަދި މިއަދުގެ މިހާތަނަށް ވެސް 6 މީހަކު ނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

Advertisement
HDC — Sidebar (box)

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި  ޓުވީޓެއްގައި ވިދާޅުވީ މިހާރު ބަލި ކޮންޓްރޯލް ކުރަން ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު ކަމަށެވެ. އަދި މިހާރު ކޯވިޑްގެ ކޮންޓްރޯލް އަތުން ގެއްލިފައިވާ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް