Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވެކްސިންގެ ދެޑޯޒް ޖެހި 570 މީހަކު ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު!

ވެކްސިންގެ ދެޑޯޒް ޖެހި 570 މީހަކު ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު!

ވެކްސިންގެ ދެ ޑޯޒް ޖެހި 570 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ކުރަން ޖެހުނު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދިން މީހުންގެ ތެރެއިން ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

އަދި ވެކްސިންގެ އެއް ޑޯޒް ޖަހައިގެން ތިބި ބައެއް ފަރާތްތަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހުނު ކަމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ހޮސްޕިޓަލުގައިި އެނދުމަތި ކޮށްގެން ފަރުވާ ދިނީ 570 ފަރާތަށް ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް