Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު

މޫސުން ގޯސްވެ ހއ އަތޮޅުން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިއަދުގެ 11:00 ފެށިގެން 15:00 އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ އުދަ އެރުމުގެ ފުރުސަތު ވެސް އޮތްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ވަގުތުތަކުގައި އެސަރަހައްދުތަކަށް ގަޑިއަކު 25 މޭލާ 30 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. މީގެ އިތުރުންވެސް މިއަދު މެންދުރު ފަހު 1 ޖަހަންދެން ފުވައްމުލަކް ސިޓީއިން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން. ▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން. ▪︎ ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން. ▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން. ▪︎ ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން. ▪︎ އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން. ▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން. ފާއިތުވެ ދިޔަ 24 ގަޑިއިރު ރާއްޖޭގެ މޫސުންގޯސްވެފައި ވާއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ.ހުޅުލެއަށެވެ. ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާ އިރު ރާޅުގެ އުސްމިނުގައި 4 ފޫޓާއި 8 ފޫޓު ހުންނާނެކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް