Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕެސްޓުގެ ބަންދަށް ކްރިމިނަލް ކޯޓުން ލުޔެއް ނުދިން

ޕެސްޓުގެ ބަންދަށް ކްރިމިނަލް ކޯޓުން ލުޔެއް ނުދިން

މަސްތުވާތަކެތީގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޕެސްޓުގެ ގާނޫނީ ވަކީލުން އޭނާގެ މިއުޒިކީ ކެރިއަރުގެ ވާހަކަތައް ވެސް ދެއްކިއެވެ. އަދި ޕެސްޓުގެ މައްޗަށް މަސްތުވާތަކެތީގެ ފަސް ދައުވާއެއް އުފުލައިގެން އޭނާ ބަންދުކޮށްގެން ގެންގުޅުމަކީ، އޭނާގެ އަބުރަށް ލިބޭ ހުތުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލު ވިދާޅުވީ، ހޯދިފައިވާ ހެކިތަކަށް ބަލާއިރު ޕެސްޓަކީ އިންތިޒާމުވެގެން ރަށްރަށަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އުޅޭ މީހެކެވެ. އަދި އޭނާ ބޯޓަކަށް އަރުވަން ހިފައިގެން ދިޔަ ފަންކާއެއް ފުލުހުން ބެލިއިރު އޭގެން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ފަންކާ ހިފައިގެން އުޅޭ މަންޒަރު ސީސީޓީވީއަށް އަރާފައިވާ ކަަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން، އިތުރު ހެކިތަކަށް ބަލާއިރު ޕެސްޓް ގޮސް އުޅޭ މަންޒަރު ފެންނަ ރިހިވެލިގޭގެ ލޮކަރުން ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ފެނިފައިވާކަން ވެސް ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ގެއިން ޕެސްޓްގެ އިނގިލީގެ ނިޝާން ފެނުނު ކަމަށާއި އެ ގެއަށް އޭނާ ވަދެ ނުކުމެ އުޅޭ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރައިފައިވާ ކަމަށެވެ.

ނަމަވެސް ޕެސްޓުގެ ވަކީލު ވިދާޅުވީ، ރިހިވެލިގެއަކީ ތަޅުލައިފައި ހުންނަ ގެއެއް ކަމަށާއި އެ ގެއިން ފެނުނު އެއްޗެއްގެ ޒިންމާ ޕެސްޓް ނަގަން ނުޖެހޭނެ ކަމަށެވެ. އަދި އެ ގެއާއި ޕެސްޓާ އެއްވެސް ގުޅުމެއް ނެތް ކަމުގައި ވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ޕެސްޓުގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް