Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިއްޙީ ދާއިރާއިން ތައުލީމް ހާސިލް ކުރަން ވިލާއިން ދިން ލޯނުތައް މާފުކޮށްދެއްވައިފި

ސިއްޙީ ދާއިރާއިން ތައުލީމް ހާސިލް ކުރަން ވިލާއިން ދިން ލޯނުތައް މާފުކޮށްދެއްވައިފި

ވިލާ ފައުންޑޭޝަންގެ ސްކޮލަޝިޕް ސްކީމުގެ ދަށުންނާއި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން، މެޑިކަލް ދާއިރާ އިންސްކޮލަޝިޕް ލިބި މަތީ ތައުލީމުގެ ސްކޮލަޝިޕް ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުންގެ ލޯނު މާފު ކޮށްދެއްވައިފިއެވެ.

ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ވިލާ ފައުޑޭޝަން އަދި ގާސިމް އިބްރާހިމްގެ ފަރާތުން ދޫކޮށްފައިވާ ލޯންތައް މާފް ކޮށްފައިވަނީ މެޑިކަލް ދާއިރާތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފާމަސިސިސްޓުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން އަދި މެޑިކަލް ސައިންސްގެ ދާއިރާ އިން ކިޔެވި ދަރިވަރުންގެ ލޯނުތައް ވެސް ހިމެނެއެވެ. އެއީ ކިޔަވައި ނިންމުމަށް ފަހު ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ދަރިވަރުން ވެސް ހިމެނޭ ގޮތަށްކަމަށް އެ ބަޔާނުގައި ގާސިމް ވިދާޅުވިއެވެ.

ލޯނުގެ ގޮތުގައި ކިތަންމެ ބޮޑު އަދަދެއްގެ ފައިސާ ކަމަށް ވިޔަސް އަދި ކުޑަ އަދަދެއް ކަމަށް ވިޔަސް މާފު ކޮށްދެއްވާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިތުރަށް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ސިއްހީ ދާއިރާ އަދި ސަރުކާރުން ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ ގެންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ގާސިމް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާ މި ދަނޑިވަޅުގައި ވެސް ލޯނުތައް މާފު ކޮށްދެއްވަން ނިންމެވީ ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުން ވަރަށް ބުރަކޮށް ގިނަ ވަގުތު ކުރާ މަސައްކަތް ބަލައިގަތުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް