Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދާންދޫގައި ކަރަންޓީނުގައި ތިބޭ މީހުން ޖޯލިތަކަށް ނުކުންނާތީ ކައުންސިލުން ޖޯލިތައް ނަގައިފި

ދާންދޫގައި ކަރަންޓީނުގައި ތިބޭ މީހުން ޖޯލިތަކަށް ނުކުންނާތީ ކައުންސިލުން ޖޯލިތައް ނަގައިފި

ގއ.ދާންދޫގައި ކަރަންޓީނުގައި ތިބޭ މީހުން ޖޯލިތަކަށް ނުކުންނާތީ އެ ރަށު ކައުންސިލުން ރަށުގައި ހުރި ހުރިހާ ޖޯލިތަކެއް ނަގައިފިއެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގޮތަށް އެކަން ކުރީ ކޮވިޑަށް ފައްސި ބައެއް ފަރާތްތަކުން ދަންވަރުގެ ވަގުތުތަކުގައި ޖޯލިތަކަށް ނުކުންނަ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބޭތީ ކަމަށެވެ. އަދި އެކަން ނޭނގި ކޮވިޑް ނުޖެހި ހުންނަ ފަރާތަކަށް ޖޯލީގައި އަނެއްކާ އިށީނދެވި ބަލި ފެތުރުން އިތުރު ވެދާނެތީ ކަމަށެވެ.

[caption id="attachment_91326" align="alignnone" width="960"]<img class="size-full wp-image-91326" src="https://cdn.dhen.mv/wp-content/uploads/2021/05/photo6156880802328193994.jpg" alt="" width="960" height="720" /> ފޮޓޯ:ދާންދޫ ކައުންސިލް[/caption]

Advertisement
Ooredoo — Square (box)

ދާންދޫން ކޮވިޑް-19އަށް 109 މީހުން ވަނީ ފައްސިވެފައެވެ. އަދި އެރަށުގެ 89 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު އޭގެ ތެރެއިން 51ގެއަކީ ފައްސި މީހުން ދިރިއުޅޭ ގެތަކެވެ. އެރަށުން ކަރަންޓީނު ކުރެވިފައިވާ މީހުންގެ އަދަދު އުޅެނީ 250 އިން މަތީގައެވެ.

ދާންދޫގައި ހުރި ޖޯލިތައް މިހާރު ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައެވެ. ނުވަތަ ގޭގޭގެ އެތެރެއަށް ވެއްދިފައެވެ. އިއްޔެގެ ވަގުތެއްގައި ޖޯލިތައް ނެގީ ފުލުހުންނާއި ހެލްތު ސެންޓަރާއި ކައުންސިލް ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް