Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫން އިތުރު 15 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 190އަށް

އައްޑޫން އިތުރު 15 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 190އަށް

އައްޑޫން އިތުރު 15 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 47 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި 4 މީހަކަށް ފަރުވާ ދެމުން ދެއެވެ. މިއާ އެކު އައްޑޫ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 238 އަށް އަރައިފައެވެ.

އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 3370 ސާމްޕަލް ވަނީ ނަގައިފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 561 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސާމްޕަލްތަކުގެ އަދަދަކީ 86އެވެ.

Advertisement
Ooredoo — Square (box)

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00އަށް ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19އަށް ފައްސިވަމުން އަންނަ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް އިތުރު 1،004 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް